އިއްޔެ ހިންގި މާރާމާރީގައި ޒަހަމްކޮށްލި އެކަކަށް އަދިވެސް ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އިއްޔެ މެންދުރު ޝަހީދު އަލީ މިސްކިތް ސަރަހައްދުގައި ހިންގި މާރާމާރީގައި ދެ މީހަކު ޒަހަމްކޮށްލި އެވެ.

އެ ދެ މީހުންނަށް ފަރުވާ ދިނުމަށް ގެންދިޔައީ އައިޖީއެމްއެޗަށެވެ.

އައިޖީއެމްއެޗުން ބުނީ ޒަހަމްވި އެކަކަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފައިވާ ކަމަށެވެ. އަދި ދެން ހުރި މީހާއަށް ވޯޑުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ.

ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އައިޖީއެމްއެޗުން ނުބުނެ އެވެ.

އިއްޔެ އިތުރު މާރާމާރީއެއްވެސް ހިނގި އިރު ހުކުރު ދުވަހުގެ ރޭ ވެސް މާރާމާރީއެއް ހިނގި އެވެ. ނަމަވެސް މާބޮޑު އަނިޔާއެއް އެ މާރާމާރީތަކުގައި ނުވެއެވެ.

މާރާމާރީތަކާ ގުޅިގެން ހަތަރު މީހަކު

ހައްޔަރުކުރި އެވެ.

ފުލުހުން ބުނީ އެ ހިންގި ތިން މާރާމާރީއަކީ ކުށްކުރާ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީތަކެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން