އީދު ދުވަހު މަނާ ގަޑީގައި ވެހިކަލް ދުއްވައިގެން 43 ފަރާތެއް ޖޫރިމަނާކޮށްފި އެވެ.

އަޟްހާ އީދު ދުވަހާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން އޮތީ އިއްޔެ ހަވީރު 16:00 އިން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އާންމު ހުރިހާ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފަ އެވެ.

ނަމަވެސް އެ ވަގުތުތަކުގައި 43 ފަރާތެއް ވެހިކަލް ދުއްވި ކަމަށް ފުލުހުން ބުނެއެވެ.

އެއީ މާލެއިން ތިން މީހަކާއި ހުޅުމާލެ ފޭސް އެކަކުން 27 އަދި ފޭސް ދޭކުން 13 މީހެކެވެ.

އެ އެންމެންވެސް ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެެވެ.

އީދާ ގުޅިގެން ފައިމަގުގައި ހަވީރު ކުޑަކުދިންނާއި އާއިލާތަކަށް މާލޭގެ މަގުތަކުގައި ހަވީރު ހިނގާބިނގާވެ އުޅުމަށް ފުރުސަތު ދިނުމުގެ ގޮތުން ކޮންމެ އީދަކުވެސް އެ ގަޑިތަކުގައި ވެހިކަލް ދުއްވުން އޮންނަނީ މަނާކޮށްފަ އެވެ.

ނަމަވެސް އެ ގަޑިތަކުގައި ވެސް އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ހާއްސަ ހުއްދައަކާ އެކު ދަތުރުކުރެވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން