އިސްލާމީ އަޚުލާޤާއި ސަޤާފަތާ ތަޢާރުޟު ނުވާގޮތަށް އީދުގެ އުފާވެރިކަން ފާޅުކުރުމަށް އިސްލާމީ ކަންތަށްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސް ކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ އީދަކީ އިސްލާމީ އުންމަތަށް ﷲ ދަރުމަ ކުރައްވާފައިވާ ނިޢުމަތެއް ކަމަށެވެ. އެހެންކަމުން އީދުގެ އުފާވެރިކަން ފާޅުކުރުން އޮންނަން ވާނީ މާތް ﷲ ރުހިވޮޑިގަންނަވާ އިމުގެ ތެރޭގއިކަމަށެވެ. އަދި އިސްލާމީ އަޚުލާޤާއި ސަޤާފަތާ ތަޢާރުޟު ނުވާގޮތައް ޢީދުގެ އުފާވެރިކަން ފާޅުކުރުމަށް ދިވެހި ލޮބުވެތި އެންމެހާ އަޚުންނާއި އުޚުތުންނަށް އިލްތިމާސްކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.



ރާއްޖޭގައި އީދު ފާހަގަކުރާއިރު ބައެއް ފަރާތްތަކުން އާންމު އިޖުތިމާއީ މިންގަނޑުތަކާއި އިސްލާމީ ރިވެތި އުސޫލުތަކާއި ހިލާފް ހަރަކާތްތައް އިންތިޒާމްކުރާތީ މީސް މީޑިއާގައި އާންމުން ނުރުހުން ފާޅުކުރެއެވެ.

މިހެންކަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތަކާ ބެހޭ ވުޒާރާއިން ނެރެފައިވާ ސަރކިއުލަރ އެއްގައި ވަނީ އީދުގެ އުފާވެރި މުނާސަބަތާ ގުޅިގެން ކައުންސިލްތަކުން އިންތިޒާމުކުރާ ހަރަކާތްތަކާއި، ސިޓީތަކާއި ރަށްރަށުގެ އެހެނިހެން ފަރާތްތަކުން އީދު ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތައް ވަކި އިންތަކަކުން ބޭރު ނުވާނެ ގޮތަށް ހިންގެވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އީދުގެ މުނާސަބުތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައިވެސް ވަނީ އިސްލާމީ އަޚްލާޤާ، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި، ފުރެއްދެ ސަގާފަތްތައް ޢީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން