ބަނގުރާ ވިއްކަމުން ދިޔަ ބަޔަކު އަތުލައިގެންފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ވާގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ 31 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެކެވެ.

އެ ދެ މީހުންނަކީވެސް ދިވެހި ދެ ފިރިހެނުން ނެވެ.

ބަންދު އަމުރުގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާ ހަވާލާ ދީ ބުނެފައިވާ ގޮތުގައި ދެ މީހުންނަކީވެސް ބަނގުރާ ވިއްކުމުގައި އަމަލީ ގޮތުން ބައިވެރިވާ ދެ މީހުން ނެވެ.

އެހެންވެ އެ ދެ މީހުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބުނެ 30 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ޖަހައިދީފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން