ރ. އިނގުރައިދޫގެ ކަރަންޓުގެ މައްސަލަަ ހައްލުކުރަން ފެނަކައިން އަމަލީީ މަސައް،ކަތް ފަށައިފި އެވެ.

ފެނަކައިގެ ރަސްމީ އެކައުންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިނގުރައިދޫގައި ހިންގަމުންގެންދާ 3 ޖަނަރޭޓަރުގެ ތެރެއިން 400 ކިލޯ ވޯޓުގެ އެއް ޖެނެރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ފާއިތުވި ތިން ދުވަހު ކަރަންޓު ކެނޑުން ތަކުރާރުވި ކަމަށެވެ.

އެހެންވެ އެ މައްސަަލަ ހައްލުކުރަން ފެނަކައިގެ ޓެކްނިކަލް ޓީމެއް އެ ރަށަށް ގޮސްފައިވާ ކަމަށް ވެސް ފެނަކައިން ބުނެއެވެ.

ކަރަންޓު ކެނޑޭ ކޮންމެ ފަހަރަކު ގަޑިއެއްހާ އިރަށް ކަރަންޓުގެ ޚިދުމަތް ކެނޑިފައި ހުރެއެވެ.

ކަރަންޓު ކެނޑޭ މައްސަލަ އެކި ރަށްރަށުގައި ފަހަކަށް އައިސް އިތުރުވެފައިވާއިރު މިދިޔަ އޭޕްރީލް މަހު ރައީސް ޑރ. މުހައްމަދު މުއިިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ފެނަކައިގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށެވެ. އެގޮތުން ކުންފުނި އޮތީ އެތައް ބަޔަކަށް އެތައް ސަތޭކަ މިލިއަން ރުފިޔާއަށް ދަރަފައިފައި ކަމަށް ސަރުކާރުުން ބުނެފައި ވެއެވެ.

ހަމަ އެހެންމެ ޖެނެރޭޓަރު ސެޓުތަކާއި އަދި އެހެނިހެން އާލާތްތައް ވެސް ހުރީ އެއްގޮތަކަށް ވެސް މަރާމާތުވެސް ނުކޮށް ކަމަށް ސަރުކާރުުން ބުނެފައި ވެއެވެ. އަދި އޭގެ ސަބަބުން އެތައް ރަށެއްގައި އެތަކެތި ބަދަލު ކުރަން ޖެހިފައިވާކަން ސަރުކާރުުން ފާހަގަ ކުރެއެވެ.

ނަމަވެސް ކަރަަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން