މާދަމާއިން ފެށިގެން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނީ މާދަމާއާއި ބުރާސްފަތި އަދި ހުކުރު ދުވަހު އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ.

ހަމަ އެހެންމެ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.

ކުރިއަށް އޮތް ތިން ދުވަހު ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލު ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލާއި 40 މޭލަށް ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަަމަށް ވެސް ލަފާކޮށްފައި ވެއެވެ.

އަދި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާ ކުރެވެނީ 3 ފޫޓާއި 7 ފޫޓާއި ދެމެދުގައި ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެެއެވެ.

އީދު ފެށުނު އިރު މޫސުން ވަރަށް ރަނގަޅެވެ. ނަމަވެސް ވަރަށް ހޫނު ގަދަކަން ފާހަގަކޮށްލެވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން