ސަޤާފަތުގެ ނަމުގައި ޚުރާފީ ކަންކަން ދިރުވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ އިސްލާމް ދީނަކީ މާތް ﷲ ދިވެހިންނަށް ދަރުމަ ކުރެއްވި އެންމެ މަތިވެރި ނިއުމަތް ކަމަށާއި އިސްލާމީ ހިދާޔަތުގެ މަގަށް ރާއްޖެ ބަދަލުވި ދުވަހުން ފެށިގެން މި ރާއްޖޭގެ ސަގާފަތަކީ އިސްލާމީ ސަގާފަތް ކަމަށެވެ. އަދި ސަޤާފަތުގެ ނަމުގައި ޚުރާފީ ކަންކަން ދިރުވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އެފަދަ އެއްވެސް ކަމަކަށް ވާގިވެރިވެގެން ނުވާނެ. ޖިންނި ޝައިތާނުންގެ ސިފަ ޖައްސައިގެން ތިބެ މާތްވެގެންވާ އިސްލާމީ އީދު ފާހަގަކުރުން ޝަރުއީ ގޮތުން ހުއްދައެއް ނުވާނެ. އިސްލާމީ އީދުތައް ފާހަގަކުރަންވާނީ އިސްލާމީ ސަގާފަތާ އެއްގޮތަށް،" ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ އަޚުލާޤާއި ސަޤާފަތާ ތަޢާރުޟު ނުވާގޮތަށް އީދުގެ އުފާވެރިކަން ފާޅުކުރުމަށް ވަޒީރު ޑރ. ޝަހީމް ވަނީ ކުރިން ވެސް އިލްތިމާސްކޮށުރަށްވާފައެވެ.

"ކުޅިވަރުކުޅުމާއި އުފާ ފާޅުކުރުމަކީ އީދުގައި އޮންނަން ޖެހޭނެ ކަމެއް. މިކަންކަން އޮންނަންވާނީ އިސްލާމީ ހިދާޔަތުގެ ތެރޭގައި. އިސްލާމީ ހިދާޔަތުގެ ތެރޭގައި ދެމި ތިބުމަށް ހެޔޮ ދުއާކޮށް އެކަމުގައި ސާބިތުވާންޖެހޭނެ." ވަޒީރު ޑރ. ޝަހީމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.



އީދު ފާހަގަ ކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވެސް ވަނީ ސަރކިއުލަރ އެއް ނެރެ، އީދު ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތައް ވަކި އިންތަކަކުން ބޭރު ނުވާނެ ގޮތަށް ހިންގެވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން