ރޭ ހިނގި އެކްސިޑެންޓާ ގުޅިގެން ފިލި މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ރޭ އެކްސިޑެންޓް ހިނގީ 08:45 ކަންހާއިރު ސިނަމާލެ ބުރިޖުގައި ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި މީހަކަށް އަނިޔާވި ކަމަށެވެ. އަދި އޭނާއަށް ފަރުވާ ދިން ކަމަށާއި ނަމަވެސް އަނިޔާތައް ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓްވި އެއް ސައިކަލުގައި އިން މީހަކު "ސީން" ދޫކޮށް ފިލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ނަމަވެސް އަދި އޭނާ ނުފެންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން