ގަވައިދާ ހިލާފަށް ގިނަ ބަޔަކު އަރުވައިގެން ވެހިކަލެއް ދަތުރުކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ގިނަ އަދަދެއްގެ ބިދޭސީ ލޭބަރުން ބޭރު ނުފެންނަ ގޮތަށް ހުންނަ ވެހިކަލްތަކުގައި އުފުލާ މައްސަލަަތަކެއް މި ފަހުން ވަނީ ފެންމަތިވެފަ އެވެ.

އެ މީހުން އެ ވެހިކަލްތަކުގައި ތިބޭއިރު ސިފަވަނީ ކުޑަކުޑަ ކޮށްޓަކަށް ޖަނަވާރު ތަކެއް ލައިގެން އުފުލުން ފަދަ ގޮތަކަށް ކަމަށް ގިނަ ބަޔަކު މީސްމީޑިއާގައި ބުނެފައި ވެއެވެ.

އެހެންވެ މި ފަހުން ފުލުހުން ދަނީ އެފަދަ މައްސަލަތަކަށް ފާރަވެރިވެ ބަލަމުން ނެވެ.

ފުލުހުން ބުނީ މި ފަހަރު ހުއްޓުވީ އެގޮތަށް ގިނަ އަދަދަކަށް މީހުން އަރުވައިގެން މާލެއިން އެއާޕޯޓަށް ދަތުރުކުރި އުޅަނދެއް ކަމަށެވެ.

ފުލުހުން ބުނީ އެ އުޅަނދު ހުއްޓުވައި ބެލިއިރު އެ އުޅަނދަކީ ބީ ޒޯން ގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ކަމަަށެވެ.

އަދި ބީ ޒޯންގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއް އޭ ޒޯންގައި ދުއްވުމާ އަދި އުޅަނދުގައި އަހަރީ ފީ ހަމަވެފައި ވާތީ ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ އުޅަނދު މިހާރު ޓޯކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން