ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަޙައްދުގެ މޫދުގައި އަޅާފައިވާ ކަނޑު އުޅަނދުތައް ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމުގެ ތައްޔާރީތައް ކުރަމުންދާ ކަމަށާއި ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާތީ އާއި ބިން ހިއްކުމުގެ ތެރޭގައި އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދުގެ ފަޅުތެރޭގައިވާ ނަގަން އިލްތިމާސް ކުރާ ކަމަށެވެ.

ރަތްކުލައިން ފާހަގަ ވާނޭ ގޮތަށް ފަޅުތެރޭގައި އަޅާފައިވާ ސިލްޓް ސްކްރީންގެ އުތުރުގައިވާ ކަނޑު އުޅަނދުތައް ނެގުމަށް ނެގުމަށް އެޗްޑީސީން ވަނީ އަންގާފައެވެ. އަދި 23 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 00:00 ގެ ކުރިން މި އުޅަނދުތައް ނެގުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

އެޗްޑީސީން ވަނީ އެ ކޯޕަރޭޝަނުން އަންގާފައިވާ ތާރީހުގެ ފަހުން އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް އޮތުމަކީ މަނާކަމެއް ކަމަށް ބުނެފައެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން