ސުމުއްވުލްއަމީރް ޢަބްދުލްޙަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޢަބްދުލްޙަންނާން ޙަލީމް އަވަހާރަވުމަކީ، ޤައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށް ވިދާޅުވެ، އެ ކިލެގެފާނުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައެވެ. އަދި މަރުޙޫމްގެ ފުރާނަފުޅު ކީރިތިﷲގެ ރުއްސެވުމާ ފުއްސެވުމުގައި ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ހެޔޮ ދުޢާ ކުރައްވާފައިވެއެވެ.



ޢަބްދުލްޙަންނާން ހަލީމް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، މިއަދު ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 87 އަހަރެވެ.

މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީގެ މަޤާމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް އެ ކިލެގެފާނު ކުރައްވާފައިވެއެވެ. މަރުޙޫމް ޢަބްދުލްޙަންނާން ޙަލީމަށް ކިލެގެކަމުގެ ދަރަޖަ ދައުލަތުން ދެއްވައި، ދޮށިމޭނާކަމަށް ކޮލި ލެއްވީ 21 އޭޕްރީލް 1975 ގައެވެ. ކިލެގެކަމުގެ ދަރަޖަ ދައުލަތުން ދެއްވި ބޭފުޅުންގެ ތެރެއިން، އެންމެ ފަހަށް ދުނިޔޭގައި ހުންނެވި ބޭފުޅަކީ މަރުޙޫމް ޢަބްދުލްޙަންނާން ހަލީމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން