ގައުމުގެ މާލީ ނިޒާމް ހަމަމަަގަށް އެޅުވޭނީ ސަބްސިޑީ އޭގެ ހައްގުވެރި ފަރާތްތަކަށް ދީގެން ކަމަށް މަރަދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އިބްރާހިމް ޝަރީފް އެކްސްގައި ވިދާޅުވީ ދައުލަތުގެ މާލީ ނިޒާމް ހަމަމަގަށް އެޅުވަން ވީ އެންމެ އަވަހަކަށް ޓާގެޓް ސަބްސިޑީޒް އޭގެ ހައްގުވެރިންނަށް ދޭން ފަށަންޖެހޭ ކަމަށެވެ. ގައުމުގެ މާލީ ނިޒާމް ހަމަމަގަށް އެޅުވޭނީ އޭރުން ކަމަށް ޝަރީފް ވިދާޅުވިއެވެ.



މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދެވޭ މައްސަލައިގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތަކަށް މަަސްވެރިންނަށް ފައިސާ ދެވޭނީ މަހުގެ އަގު މިފްކޯއިން ކަނޑައެޅުމުގައި އިންޓަނޭޝަނަލް މާކެޓްގައި އެވަގުތަކު ހުންނަ އަގަކަށް އަގު ކަނޑައަޅައިގެން ކަމަށެވެ. ޝަރީފް ވަނީ މަހުގެ އަގު ކަނޑައެޅުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލު ބަދަލުކުރުމަށް ގޮވާލައްވާފައެެވެ.

"މަހުގެ އަގު ކަނޑައެޅުމުގެ އުސޫލު ބަދަލުކޮށް މާކެޓް ރޭޓަށް ފައްތައިގެން މަސްވެެރިންނަށް ދޭންޖެހޭ ފައިސާ ލަސްނުކޮށް ދެވޭނެ އިންތިޒާމް ހަމަޖައްސަން އެބަޖެހޭ، އެއީ މަސްވެރިންނަށް ވެސް މިފްކޯ އަށް ވެސް އެންމެ ފައިދާ ހުރިގޮތަކީ،" ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، މަސް ރައްކާކުރާނެ ފެސިލިޓީ ނުވަތަ ކެޕޭސިޓީ އިތުރުކުރަންޖެހޭ ކަމަށެވެެ. މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް އެކަމަކީ ކުރަންޖެހޭ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ކޭނިންގ ފެކްޓަރީ ގާއިމް ކުރުމާއި އަދި ފްރީޒިން ކެޕޭސިޓީ އިތުރުކޮށް މިހާރަށްވުރެ ރަނގަޅު އަގު މަހަށް ހޯދިދާނެ،" ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން