އޮސްޓްރޭލިއާގެ އިދިކޮޅު ލިބަރަލް ޕާޓީގެ އަހަރީ ކޮންފަރެންސްގައި އެމްޑީޕީން ބައިވެރިވާން އެ ޕާޓީގެ ޗެއާރޕާސަން ފައްޔާޒް އިސްމާއިލް އޮސްޓްރޭލިއާއަށް ފުރާވަޑައިގެންފިއެވެ.

މި ކޮންފަރެންސަށް ފައްޔާޒް ވަޑައިގަންނަވަނީ ލިބަރަލް ޕާޓީން ލިބުނު ދައުވަތަކަށެވެ. މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ ސިޑްނީގައެވެ. ހަތަރު ދުވަހަށް ކުރިޔަށްދާ މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ލިބަރަލް ޕާޓީގެ އެކި މަޝްވަރާތަކުގައި ފައްޔާޒް ބައިވެރިވަޑައިގަންނަވާނެއެވެ.

ފައްޔާޒް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ލިބަރަލް ޕާޓީ ކުރަމުންދާ ތަޖުރިބާ އާއި ލިބަރަލް ޕާޓީގެ ކެންޕެއިން ސްޓްރެޓެޖީތައް މި ދަތުރުން އެނގިގެން ދާނެ ކަމަށެވެ. އަދި މީގެ ސަބަބުން އެމްޑީޕީން ހިންގާ ހަރަކާތްތަކަށް ކުރިއެރުން ލިބިގެންދާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ ލިބަރަލް ޕާޓީ އަކީ އެގައުމުގައި މީގެކުރިން ވެރިކަން ކުރި ޕާޓީއެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ލިބަރަލް ޕާޓީން ހަރަކާތްތެރިވާން ފެށީ 2022 ގެ ފެޑެރަލް އިންތިޚާބުން ނާކާމިޔާބު ވުމަށް ފަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން