މާލޭގެ ގެސްޓު ހައުސްއެއްގައި ނޭޕާލް ފިރިހެނަކު ރަހީނު ކުރުމުގައި އުޅުނު އެކެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އެއީ މުޅިން ވެސް ބަނގުލަދޭޝް މީހުން ނެވެ.

އޭގެ ތެރެއިން އެކެއްގެ ބަންދުގެ މުއްދަތު ކުރިން އިތުރުކޮށްފައިވާ އިރު މި ފަހަރު ބަންދުގެ މުއްދަތު އިތުރުކުރީ ޝަމީމް މިއާ ކިޔާ މީހާގެ އެވެ.

"ބާ ޓެންޑާ" އެއްގެ ވަޒީފާ އަދާ ކުރުމަށް ރާއްޖެ އައި އެމީހާ ރާއްޖޭގައި އުޅެމުން ދިޔައީ ގަވައިދާ ހިލާފަށް ގެސްޓު ހައުސްއެއްގައި ކަމަށް ވެސް ބުނެފައި ވެއެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅުމާއި އަދި ރަހީނު ކުރުމުގައި އަނިޔާވެރިކަން އިސްކުރި ކަމަށް ބުނެ ޝަމީމް މިއާގެ ބަންދަށް އިތުރަށް ޖެހީ 15 ދުވަހެވެ.

ނޭޕާލް މީހާ ރަހީނުކޮށްގެން އުޅުނީ ފައިސާގެ މައްސަލައެއްގައި ކަމަށް ވަނީ އެނގިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން