ހދ. ނޮޅިވަރަމްގައި ސައިކަލަކާއެކު މޫދަށް ވެއްޓި މީހަކު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އިލްޔާސް އިބްރާހިމް ނަމަކަށްކިޔާ އެ މީހާ ސައިކަލާއެކު ނޮޅިވަރަމް ބަނދަރު ސަރަހައްދުގެ މޫދަށް ވެއްޓުނު ކަމުގެ ހަބަރު ލިބުނީ ރޭ 09:15 ކަންހާއިރު ކަމަށެވެ.
އަދި މޫދަށް ވެއްޓުމުން ނަގައިގެން ނޮޅިވަރަމްގެ ހެލްތު ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
އަދި އިލްޔާސް މަރުވީ ހަށިގަނޑަށް ލިބުނު ގެއްލުމަކުން ކަމެއް ނުވަތަ މޫދަށް ވެއްޓި ގެނބިގެންކަމެއް ވެސް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު