މި މަހު އެކަނި އީދު މިސްކިތުން ގިނަ އަދަދެއްގެ ފަންކާ ވަގަށް ގެންގޮސްފި އެވެ.

މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޢީދު މިސްކިތުން މި މަހު އެކަނިވެސް 10 ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ އެ މިސްކިތުގެ ކެމެރާ ފުޓޭޖްތައް ނަގާ ފުލުހަށް މައްސަލަ ހުށައެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މިސްކިތްތަކުން ވައްކަން ކޮށް ތަކެއްޗަށް ގެއްލުންދީ ނުހެދުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިދިޔަ މާޗު މަހު ރޯދަ މަހުގެ ތެރޭގައިވެސް ފަންކާ ވަގަށް ނެގުމުގެ މައްސަލަތަކެއް ފެންމަތިވި އެވެ.

އެގޮތުން ތިން ރޭ މަތިން ތަޤުވާ މިސްކިތުން ހަތް ފަންކާ ވަގަށް ނެގިއިރު ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި 2 ފަންކާ ވެސް ވަގަށް ނެގި އެވެ.

ފަންކާތައް ވަގަށް ނެގުމުގެ މައްސަލައެއްގައި މީހަކު ހައްޔަރުވެސް ކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން