މާލޭގެ ސަހަރާތައް ހުސްކޮށް އެތަންތަން ޕާކިން ޒޯންތަކުގެ ގޮތުގައި ބޭނުންކުރަން ވިސްނަމުން ގެންދާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެެވެ.
ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލޭގެ ހުރި ސަހަރާތައް ހުސްކޮށް އެތަންތަން ޕާކިން ޒޯންގެ ގޮތުގައި ބޭނުންކުރަން ވިސްނަމުން ގެންދާ ކަމަށެވެ. އެގޮތުން މާލޭގައި ހަތަރު ސަހަރާ އެބަހުރި ކަމަށާއި އޭގެ ތެރެއިން މާފަންނު ސަހަރާ ހުސްކުރަން ނިންމާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މާފަންނު ސަހަރާ ހުސްކުރަން މިހާރު ފަތުވާ ވެސް ލިބިފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ސަހަރާތައް ނަގައިގެން ޕާކު ހެދުމާއި ޕާކިން ޒޯންގެ ގޮތުގައި ބޭނުންކުރާނީ އިސްލާމީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
"އެތަންތަނަކީ އުސްކޮށް ހުރި ތަންތަން އެތަންތަން ރީއްޗަށް އަޅުގަނޑުމެން ނަގާފައި ޕާކިން އާއި ޕާކު ހަދަން އަމާޒު ހިފާފައި މިވަނީ އެއީ ވެސް ހުސްކުރެވިދާނެ ތަންތަން ވަރަށް ގިނަ ރައްޔިތުން އެދޭ އެހިސާބުުގަނޑު ހުސްކުރަން." މޭޔަރު ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރު އާޒިމް ވިދާޅުވީ މިހާރު ބަންދުކޮށްފައިވާ އާ ސަހަރާގެ މަސައްކަތް އަންނަ އޮގަސްޓު މަހަށް ނިންމާލައި އެތަން ބޭނުންކުރަން ފެށޭވަރުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު