ވެރިކަން މައިޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އައު ޖަގަހަ މާދަމާ ރޭ ހުޅުވުމަށް ނިންމައިފިއެވެ.
ޕީއެންސީގެ އާ ޖަހަގަ ގާއިމު ކޮށްފައިވަނީ ކުރިން އެމްޑީޕީގެ ޖަގަހަ ހުރި އަދި ފަހުން ދަ ޑިމޮކްރެޓްސްގެ ޖަގަހަ ހިންގި އިމާރާތުގައެެވެ.
ޕީއެންސީން ބުނީ ޖަގަހަ ހުޅުވުމަށް ބާއްވާ ޖަލްސާ 22 ޖޫން ވަނަ ދުވަހުގެ ރޭ 20:30 ގައި އާޓިފިޝަލް ބީޗް ކުރިމަތި، ހ. ވެޔޮވިލާގައި އޮންނާނެ ކަމަށެވެ.
ޖަގަހަ ހުޅުއްވައި ދެއްވާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރ، ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނު މިއަދުގެ ވަގުތެއްގައި ވަނީ ޖަގަހަ ހުންނަ ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވާލައްވާފައެވެ.
ޕީއެންސީން ވަނީ މި ހަރަކާތުގައި އެޕާޓީއަށް އަދި ރައީސް މުއިއްޒުއަށް ތާއީދުކުރައްވާ ފަރާތްތަކުން ބައިވެރިވުމަށް އެދިފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރ، ޕީއެންސީގެ ރައީސް އަދި ރާއްޖޭގެ ޢިއްޒައްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕީއެންސީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަޙީމް ޢަބްދުﷲ 22 ޖޫން 2024، ހޮނިހިރު ދުވަހު 20:30ގައި ހުޅުވުމަށް… pic.twitter.com/AF6gXRU2g4
— Mohamed Shahid (@shaadmajlis24) June 21, 2024
ޖަގަހަ ހުޅުއްވައި ދެއްވާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރ، ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނު މިއަދުގެ ވަގުތެއްގައި ވަނީ ޖަގަހަ ހުންނަ ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވާލައްވާފައެވެ.
ޕީއެންސީން ވަނީ މި ހަރަކާތުގައި އެޕާޓީއަށް އަދި ރައީސް މުއިއްޒުއަށް ތާއީދުކުރައްވާ ފަރާތްތަކުން ބައިވެރިވުމަށް އެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު