ސޯމާލިއާގެ ބަޔަކު ރާއްޖޭގެ ރަށަކަށް ޑިންގީއެއްގައި ލައްގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން ވިދާޅުވީ ސޯމާލިޔާ ބަޔަކު ލައްގާފައި ވަނީ ނ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ވަވަތިއަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދުގެ ވަގުތެއްގައި ޑިންގީއެއް ލައްގާފައިވާ ކަމަށް އެ އިދާރާއަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އޭގައި ސޯމާލިއާއަށް ނިސްބަތްވާ ތިން މީހަކު ތިބި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފަޅުރަށަކަށް ލެއްގި ސޯމާލިޔާ މީހުންގެ ފޮޓޯތައް މީސްމީޑިޔާގައި މިހާރު ދަނީ ދައުރުވަމުންނެވެ. މިގޮތުން ދައުރުވަމުންދާ ފޮޓޯއިން ފެނިގެންދަނީ ސޯމާލިއާއަށް ނިސްބަތްވާ ކަމަށް ބެލެވޭ ތިން ފިރިހެނަކު ވަވަތީގައި ހުރި ބެންޗެއްގައި އިށީދެގެން ތިބޭ މަންޒަރެވެ.

ވަވަތިއަކީ ވެލާ ޕްރައިވެޓް އައިލޭންޑް ރިސޯޓު ކައިރީގައި އޮންނަ ފަޅު ރަށެކެވެ. މި ރަށަކީ ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެއްކަން ފާހަގަކޮށްލެވެއެވެ.

ފުލުހުން ދަނީ މިހާރު މި މައްސަލަ ބަލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން