އައްޑޫގެ މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖު ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށް މިނިސްޓަރ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސެސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން ދަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި ކުރިޔަށްދާ އިހުތިޖާޖު ފެށުމުގެ ކުރިންވެސް އަދި މިހާރުވެސް ވަރަށް ގާތުން ބަލަމުން އަޑުއަހަމުން ކަމަށެވެ.

މަސްވެރިންގެ އިހުތިޖާޖުގައި މިފްކޯ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލު ދެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިއްޔެއިން ފެށިގެން މަސްވެރިން ދަނީ ހުޅުމީދޫގައި ހުންނަ މިކްފޯ މަސް ފެކްޓަރީ ދޮށަށް އެއްވެ މުޒާހަރާ ކުރަމުންނެވެ. އަދި ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭތީ ކަންބޮޑުވާކަން ހާމަކޮށްފައިވާއިރު މަސްވެރިން ދަނީ ފައިސާ ވީހާވެސް އަވަހަށް ދިނުމަށް އެދެމުންނެވެ.

އިއްޔެގެ މުޒާހަރާގައި 80 އަށްވުރެ ގިނަ މަސްވެރިން ވަނީ ބައިވެރިވެފައެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެނަމަ މަސްފެކްޓްރީގެ ހުރިހާ ސީނިއަރ މުވައްޒަފުން އެތަނުން ބޭރުކުރާނެ ކަމަށްވެސް އެމީހުންގެ ތެރެއިން ބަޔަކު ބުނެފައިވާ ކަމަށް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން