އައްޑޫ ސިޓީގެ މުޒާހަރާ ކުރަމުންދާ މަސްވެރިން ކުރިން އިންޒާރު ދިން ގޮތަށް އައްޑޫ ސިޓީ މިފްކޯ މަސް ފެކްޓްރީ ހުއްޓުމަކަށް ގެނެސްފިއެވެެ.

ރަސް އޮންލައިންއަށް މައުލޫމާތު ދިން މުޒާހަރާގެ ބައިވެރިއެއް ބުނީ މަސް ފެކްޓްރީން މުވައްޒަފުން ބޭރުކޮށް ޖަނަރޭޓަރުތައް ނިއްވާލައިފައިވާ ކަމަށެވެ. އަދި މަސްވެރިންގެ ޝަކުވާތައް އަޑު އަހާ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު ބުނި ކަމުގައި ވިޔަސް، އަދިވެސް މަޝްވަރާ ކުރުމަށް ސަރުކާރުގެ ފަރާތުން އެއްވެސް މީހަކު އައިސްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

އައްޑޫ ސިޓީގެ މަސްވެރިން އަންނަނީ އިއްޔެ މެންދުރުން ފެށިގެން މިފްކޯއިން ދޭންޖެހޭ ފައިސާ ނުދީގެން މުޒާހަރާ ކުރަމުންނެވެ. އަދި މަސްވެރިކަމާއި ބެހޭ ވަޒީރު އެތަނަށް ވަޑައިގެން މަސްވެރިންނާއި ބައްދަލުކޮށް، މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމާއި ހަމައަށް މުޒާހަރާ ކުރިޔަށް ގެންދާނޭ ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

އައްޑޫ ސިޓީގައި ކުރާ މުޒާހާރައިގެ މަސްވެރިންގެ ޑިމާންޑު ތަކަކީ:

- މިހާރު ދޭން ހުރި ފައިސާ ދީ ނިންމާލުން،

- ފައިސާ ދޫކުރެވޭނެ އުސޫލެއް ލިޔުމުން ކަނޑައެޅުން،

- މަސްވެރިކަމާއި ބެހޭ ވަޒީރު އައިސް މަސްވެރިންނާއި ބައްދަލުކުރުން.

މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އެކްސްގައި ވިދާޅުވީ މަސްވެރިން ކުރަމުންދާ މުޒާހަރާ ފެށުމުގެ ކުރިން އަދި މިހާރުވެސް ސަރުކާރުން ދަނީ މަސްވެރިންގެ ކަންބޮޑުވުންތައް ބަލަމުން އަދި އަޑުއަހަމުން ކަމަށެވެ.



މަސްވެރިންނަށް ފައިސާ ނުލިބޭތީ އެކަމާއި މީސް މީޑިއާގައި ވެސް ބައެއް މީހުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި މަސްވެރިންނަށް ފައިސާ ނުލިބިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ މާލެ 1 ނަންބަރު ޖެޓީ ސަރަހައްދުގައި އީދުގެ ކުރިން މުޒާހާވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން