ސްކޭން މެޝިނެއް އެކަނި ބަހައްޓައިގެން ޖަލަށް ވަގަށް އެއްޗެހި ވެއްދުން ނުހުއްޓުވޭނެ ކަމަށް ކުރީގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން މި ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދާޙިލީ ސަލާމަތާއި ބެހޭ ވަޒީރު އަލީ އިހުސާން ދެއްވި އިންޓަވިއު އަކާއި ގުޅުވައެވެ. މި އިންޓަވިއުގައި ވަޒީރު އަލި އަޅުއްވާލެއްވީ ޖަލުގެ ގޮޅިތަކުން ފޯނު އަދި މަސްތުވާތަކެތި ފެންނަ ފެނުމަށާއި ޖަލުން ސްކޭމް ކޯލް ކުރާ މައްސަލަ އަށެވެ. އަދި އެކަން ހުއްޓުވުމަށް ޖަލުގައި ދެ މެޓަލް ޑިޓެކްޓާ މެޝިން މިހާރު ބަހައްޓާފައިވާކަން ވަޒީރު ފާހަގަ ކުރެއްވި އެވެ.

ވަޒީރު އިހުސާނަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވީ މިއީ ޖަލު ބަލަހައްޓާ ވެރިންނާއި އިސް މުވައްޒަފުން ތަކެއް ގުޅިގެން ހިންގާ ބޮޑު ވިޔަފާރިއެއް ކަމަށެވެ. އަދި މިކަމަށް ސްކޭން މެޝިނެއް ބަހައްޓައިގެން ހައްލެއް ނުގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.



މާފުށީ ޖަލަށް ވަގަށް ވައްދާ ތަކެތި ދެނެގަތުމަށް ބެހެއްޓި މެޓަލް ޑިޓެކްޓަރު ތަކުގެ އިތުރުން އަންނަ މަހު ހަށިގަނޑު ސްކޭންކުރާ ނުވަތަ ބޮޑީ ސްކޭނިންގ މެޝިނެއް ވެސް ބެހެއްޓުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު އިހުސާން ވަނީ ވިދާޅުވެފައެވެ.

ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން މަނާ ތަކެތި ޖަލަށް ވެއްދުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. އަދި އެކަން ނުހުއްޓުވޭތީ އާންމުންގެ ފާޑުކިއުން ވަނީ ސަރުކާރުތަކަށް އަމާޒުވެއެވެ.

ޖަލަށް އެފަފަ ތަކެތި ވައްދާކަން ކަމާބެހޭ ވަޒީރުންނަށާއި ޖަލު ބަލަހައްޓާ ހުރިހާ އިސް ވެރިންނަށް ވެސް އެނގެއެވެ. އަދި ޖަލަށް އެއްޗެހި ވައްދާގޮތް ވެސް އެންމެންނަށް އެނގެއެވެ. އެއީ ގުޅިގެން ކުރާ ބޮޑު ވިޔަފާރިއެއްކަން ވެސް ހުރިހާ ސަރުކާރުތަކަށް ވެސް އެނގެއެވެ.

އެންމެ ގިނަ ސްކޭމް ކޯޅްތައްކޮށް އެންމެ ގިނައިން މީހުންގެ އެކައުންޓްތަކުން ފައިސާ ފޭރެނީ ޖަލުގެ ތެރެއިންކަން ވެސް އެނގެއެވެ. ޖަލު ޗެކް ކުރާ ކޮންމެ އޮޕަރޭޝަނެއްގައި އެތައް ފޯނަކާއި އެތައް ސިމްކާޑެއް އަތުލައި ގަނެއެވެ. އެކަމަކު މިހާތަނަށް ވެސް އެކަމެއް ހުއްޓުވިފައެއް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން