ވެރިކަންކުރާ މައިޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އައު ޖަގަހަ ހުޅުވުން މާދަމާ ރެއަށް ފަސްކޮށްފިއެވެ.

ޕީއެންސީގެ އާ ޖަހަގަ ގާއިމު ކޮށްފައިވަނީ ކުރިން އެމްޑީޕީގެ ޖަގަހަ ހުރި އަދި ފަހުން ދަ ޑިމޮކްރެޓްސްގެ ޖަގަހަ ހިންގި ހ. ވެޔޮވިލާގައެވެ. ކުރިން ޖަގަހަ ހުޅުވާގޮތަށް އޮތީ މިރޭ 20:30 ގައެވެ.

ޕީއެންސީން ވަނީ އެ ހަފުލާގައި ބައިވެރިވުމަށް އެޕާޓީގެ ސަޕޯޓަރުންނަށް ދައުވަތު ވެސް ދީފައެވެ. ޖަގަހަ ހުޅުއްވައި ދެއްވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރ، ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ޕީއެންސީން ބުނީ މާލޭ ސަރަހައްދަށް ވިއްސާރަވެ މޫސުން ގޯސްވެފައިވާތީ އާ ޖަގަހަ ހުޅުވުން މާދަމާ ރެއަށް ފަސްކޮށްފައިވާ ކަމަށެެވެ. އަދި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ދެން އޮންނާނީ 23 ޖޫން 2024 ވަނަ ދުވަހުގެރޭ 20:30ގައި ޖަގަހަ ގާއިމުކޮށްފައިވާ އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ ހ. ވެޔޮވިލާގައި ކަމަށް ޕީއެންސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން