ރ. މީދުއަށް ޝޯ ދޭން ގޮސް އުޅުނު ގުރޫޕެއްގެ އަންހެނަކު އެ ރަށުގެ މިސްކިތެއްގެ ތެރޭގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މީދުއަށް އީދު ޝޯ ދޭން ދިޔަ ގުރޫޕެއްގެ އަންހެން މެންބަރަކު އެ ރަށު މިސްކިތެއްގެ ތެރޭގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ. އެ ކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މީދުއަކީ ރާއްޖޭގައި އެންމެ ފޯރިއާއެކު އީދު ކުޅިވަރު ކުޅޭ އެއް ރަށް ކަން ފާހަގަކުރެވެއެވެ. އެ ރަށުގައި އޮންނަ ދެ އަވަށްކަމަށްވާ، ހުޅަނގު އަދި އިރުމަތި އަވަށުގައި ވެސް ވަރަށް ވާދަވެރިކަމަކާއެކު ކުޅިވަރުތައް ބާއްވައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން