އައްޑޫ ހުޅުމީދޫގައި ހުންނަ މިފްކޯ މަސްފެކްޓްރީ ދޮށަށް އެއްވެ މަސްވެރީން ކުރަމުންދާ އިހުތިޖާޖުގައި މަސްފެކްޓްރީގެ އޮޕަރޭޝަނަށް ހުރަސް އެޅިފައި ވާތީ އޮޕަރޭޝަން އަލުން ފެށޭނެ މާހައުލެއް ގާއިމުު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މަސްވެރީންގެ އިހުތިޖާޖު ސުލްހަވެރިކަމާ އެކު ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދަން ފުރުސަތު ދެމުންދާ ކަމަށެވެ. އިހުތިޖާޖާއި ގުޅިގެން މަސްފެކްޓްރީގެ އޮޕަރޭޝަނަށް ހުރަސްއެޅިފައިވާތީ އޮޕަރޭޝަން އަލުން ފެށޭނެ މާހައުލެއް ގާއިމުު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ އަމާން ގާއިމުކޮށް ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާ ފިޔަވަޅުތަކަށް މަސްވެރީންގެ ފަރާތުން ވެސް އެއްބާރުލުންދީ ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ނުކުރުމަށް މަސްވެރީންގެ ކިބައިން އެދިފައެެވެ.

ފުލުހުން ބުނީ އިހުތިޖާޖު ކުުރުމުގައާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުުރުމުގައި އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނާއި އަދި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން މަސްވެރީންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކުރުމުގައި ފުލުހުންގެ ފަރާތުން ސެކިއުރިޓީ ލައިން ގާއިމުކޮށް މަސްވެރިންނަށް ދޭން ޖެހޭ އެއްބާރުލުން ދޭނެ ކަމަށެވެ.

އައްޑޫ ސިޓީގެ މަސްވެރިން އަންނަނީ އިއްޔެ މެންދުރުން ފެށިގެން މިފްކޯއިން ދޭންޖެހޭ ފައިސާ ނުދީގެން މުޒާހަރާ ކުރަމުންނެވެ. މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އެކްސްގައި ވިދާޅުވީ މަސްވެރިން ކުރަމުންދާ މުޒާހަރާ ފެށުމުގެ ކުރިން އަދި މިހާރުވެސް ސަރުކާރުން ދަނީ މަސްވެރިންގެ ކަންބޮޑުވުންތައް ބަލަމުން އަދި އަޑުއަހަމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން