މީސް މީޑިއާގައި ދައުރުވަމުންދާ އެމްޕީއެލްގެ ލިޔެކިޔުންތަކާއި ގުޅިގެން އެކަންތައް ތަހުގީގުކޮށްދިނުމަށް އޭސީސީގައި އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް އެދިވަޑައިގެންފި އެވެ.

މި ފަހުން މީސް މީޑިއާގައި ދަނީ އެމްޕީއެލްގެ ލިޔެކިޔުންތަކެއް ކަމަށް ބުނާ މައުލޫމާތު ތަކެއް ދައުރުވަމުންނެވެ. އެކަމާއި ގުޅިގެން މީޑިއާއަށް ދެއްވި އިންޓަވިއު އެއްގައި އެމްޕީއެލްގެ ސީއީއޯ ވަޖީހުު ވިދާޅުވީ ދައުރުވަމުންދާ ލިޔެކިޔުމެއްގެ ސައްހަކަން އެނގޭނީ އޭގައި ހިމެނޭ ހުރިހާ ލިޔުންތަކެއް ފެނިގެން ކަމަށެވެ. ލިޔެކިޔުންތައް ބޭރުވުމާ ގުޅިގެން ކުންފުނީގެ އެތެރޭގައި މައްސަލަތަކެއް އެބައުޅޭ ކަމަށް އޭނާއަށް ލަފާކުރެވުނު ކަމަށް ވެސް ވަޖީހު ވިދާޅުވި އެވެ.

މީސް މީޑިއާގައި އެމްޕީއެލްގެ ލިޔެކިޔުންތަކެއް ދައުރުވަމުން ދާއިރު، ގިނައިން ދައުރުވަނީ އެއީ ކޮންކަމަކަށް ހެދިފައިވާ ލިޔެކިޔުމެއްކަން ނޭނގޭ ލިޔެކިޔުންތަކެކެވެ.

ވަޖީހު އެ އިންޓަވިއުގައި އިތުރަށް ވިދާޅުވީ އެ ކުންފުނީގައި ހެދިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް މިފަހުން އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ. އަދި އެމްޕީއެލްގެ ހިންގެވުމާ އޭނާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް މަސައްކަތް ކުރައްވާފައި ވާނީ ކުންފުނީގައި ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޖީހު އިތުރަށް ވިދާޅުވި ގޮތުގައި އެ ކުންފުނި ހިންގުމާ ހަވާލުވެ ވަޑައިގެންނެވި ފަހުން މިއަދާ ހަމައަށް ޕްރޮކިއުމަންޓާއި ފައިނޭންސް އަދި އެޗްއާރުގެ ކަންކަން ބެލުމަށް އެކަމަށް ހާއްސަ ޑިވިޝަނާ ހަވާލު ކުރެވި، އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އިތުރު މައުލޫމާތު ދެވޭނީ އެ ޑިވިޝަނުގެ މަސައްކަތްތައް ނިމުމުން ކަމަށް ވަޖީހު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން