ސްކޭމް މެސެޖުތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދެފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ދައުރުވަމުންދާ މެސެޖަކީ ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ކުރިމަތިލުމުގެ ފުރުސަތު އެޗްޑީސީ އިން ހުޅުވާލާފައިވާ ކަމަށް ބުނެ ފޮނުވަމުންދާ މެސެޖެއް ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ މެސެޖުގައިވާ ލިންކަށް ވަނުމުން އިތުރު މައުލޫމާތު ވެބްސައިޓުން ލިބޭނެ ކަމަށް ބުނެ ލިންކެއް ހިމެނޭ ގޮތަށް ފޮނުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށެވެ. އަދި މިގޮތަށް ފޮނުވާ މެސެޖުތަކުގައި ހުންނަ ލިންކުތަކަށް ނުފިތުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

އެކި ދުވަސްވަރު މަތިން އެކި ގޮތް ގޮތަށް ސްކޭމް ކުރުމަށް މެސެޖުތަކާއި ކޯލުތައް ދަނީ ކުރަމުންނެވެ. ސްކޭމް ކޯލުތަކާއި މެސެޖުތައް މަދުކުރުމަށް އެކި އިދާރާތަކުން ގުޅިގެން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން