ގދ. ފިޔޯރީ އިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ ގދ. ފިޔޯރީ އިން 8 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު މިރޭ 19:08 ހާއިރު ލިބިފައިވާކަމަށެވެ.

އެކުއްޖާ އެންމެ ފަހުން ފެނިފައިވަނީ ގޭތެރެއިންކަމަށް އެކުއްޖާގެ އާއިލާ އާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ ރިޕޯޓު ލިބުމާއެކު، އެކުޑަ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި، ރަށުގެ ރައްޔިތުން ގުޅިގެން ކުރަމުންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން