މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާ ދިނުމަށް ބައިތިއްބާ ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު އަލުން ހުޅުވައި ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ހޯމް މިނިސްޓްރީގެ އިސްނެގުމާއެކު، ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު ހިންމަފުށީގައި އަލުން ހިންގަން ފަށާފައިވަނީ ފުލުހުން ސެކިޔުރިޓީ ބަލަހައްޓާ ގޮތަށް ކަމަށެވެ. އެ ތަން ހިންގަން ފަށާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

އެ ސެންޓަރުގައި މިހާރު ހަތް މީހަކު ބައިތިއްބައިގެން ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަމުން ގެންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިވަގުތު ރާއްޖޭގައި ތިން ރިހެބިލިޓޭޝަން ސެންޓަރެއް އެބަހުއްޓެެވެ. އެއީ ކ. ހިންމަފުށީގައި ހިންގާ ތަނަކާއި ހުޅުމާލޭގެ ހާފްވޭ ހައުސް އަދި މާލޭގައި ހިންގާ ސެންޓަރެކެވެ. އެ ތިން ސެންޓަރު ވެސް ހިންގަމުން ގެންދަނީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ބެލުމުގެ ދަށުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން