އެމްއެމްޕީއާރުސީއިން ރާއްޖޭގެ މަންތާ އެއާލައިނާ ގުޅިގެން އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރަން ނިންމައިފި އެވެ.

މި ހަރަކާތުގައި ހިމެނިގެން "އެކްސްޕްލޯ މޯލްޑިވްސް"ގެ ނަމުގައި އިންޑިއާގެ ބެންގަލޫރުގައި ރޯޑްޝޯއެއް ބާއްވަން ނިންމާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެ ރޯޑްޝޯ ކުރިއަށް ދާނީ އަންނަ ބުދަ ދުވަހު ބެންގަލޫރުގައި ހުންނަ ޝަންގްރިއްލާ ހޮޓަލުގައި ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

އެ ރޯޑްޝޯގެ މަގުސަދަކީ އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކޮށް އަދި އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތަތެރިވާ އެކި ފަރާތްތަކާ ގުޅުން އިތުރަށް ގާއިމުކުރުން ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެ ރޯޑްޝޯގައި ރާއްޖޭގެ ރިސޯޓުތައް ހިންގާ ވިލާ ރިސޯޓްސް، ޔުނިވާސަލް، ސަން ސިޔާމް ފަދަ ޗެއިންތަކުން ބައިވެރިވާނެ އެވެ.

އިންޑިއާއަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. ނަމަވެސް ރާއްޖެއާ އިންޑިއާއާ ގުޅުން ގޯސްވުމުގެ ސަބަބުން ރާއްޖެ ބޮއިކަޓް ކުރުމުގެ ކެމްޕޭނެއްގެ ސަބަބުން އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު މި އަހަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އޭގެ ސަބަބުން ބިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން