ނ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ވަވަތިން ޑިންގީއެއްގައި ފެނުނު ސޯމާލިއާގެ މީހުންނަކީ ބެހިގެން ރާއްޖެއައި ބައެއް ކަމަށް ފުލުހުން ބުނެފި އެވެ.

ސޯމާލިއާގެ ތިން މީހުން ވަވަތިން ފެނުނީ އިއްޔެ އެވެ.

ފުލުހުން ބުނީ އެމީހުންގެ ކަންކަން ބަލާފައިވާ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެ މީހުންނަކީ ހާލުގައި ޖެހިފައިވާ ބައެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެ މީހުންނަށް މިހާރު ނ. ހޮޅުދޫ ކައުންސިލްގެ އެހީތެރިކަމާއެކު ވަގުތީގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ސޯމާލިއާއަކީ ރާއްޖެއާ ވަރަށް ދުރުން އެފްރިކާ ބައްރުގައި އޮންނަ ގައުމަކަށްވާއިރު މީގެ ކުރިން ވެސް ރާއްޖެއަށް ސޯމާލިއާގެ މީހުން ޑިންގީތަކުގައި ބެހިގެން އައިސްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން