ގދ. ފިޔޯރީން ގެއްލިގެން ހޯދި ކުޑަ އަންހެން ކުއްޖާ އިތުރު ޓެސްޓުތަކެއް ހަދަން ނިންމައިފި އެވެ.

ފިޔޯރީ، ފިނިވިލާގޭ އުމުރުން އެންމެ އަށް އަހަރުގެ މީނާލް މުޙައްމަދު އިއްޔެ ހަވީރުން ފެށިގެން ގެއްލިގެން އާއިލާއިން ރިޕޯޓްކުރުމުން ހޯދަނިކޮށް ރޭ 12 ޖަހަން އުޅެނިކޮށް ފެނުނީ އެ ރަށުގެ ފަޅުގެއެއްގެ ތެރޭގައި އޮއްވަ އެވެ.

އޭރު އޭނާ އޮތީ ހޭނެތިފަ އެވެ.

ފަހުން އޭނާ އެ ރަށުގެ ސިއްހީ މަރުކަޒަށް ވެސް ގެންދިޔަ އެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

އެކަމަކު މިހާރު އޭނާގެ ސިއްހީ މައްސަލައެއް ހުރިތޯ ބަލަން ގދ. ތިނަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ނުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން