ފުލުހެއްގެ ގައިގައި ކާރުން ޖައްސައި ފިލި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލެ ފޭސް އެކެއްގައި މާރާމާރީއެއް ރިޕޯޓްކުުރުމުން ފުލުހުން އެ ސަރަހައްދަށް ދިއުމުން ތުހުމަތު ކުރެވޭ ދެ މީހަކު ކާރުގައި ވަނީ ފިލާފަ އެވެ.

އެ ދެ މީހުން ކާރުގައި ދިޔައީ އެ ތަނަށް ދިޔަ ފުލުސް ،މީހާގެ ގައިގާ ކާރުން ޖެއްސުމަށް ފަހު އެވެ.

އެ މައްސަލަައިގައި ދެ މީހަކު ހައްޔަރުކުރި އެވެ.

އޭގެ ތެރެއިން ފުރަތަމަ ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް އޮތީ ޖަހައިފަ އެވެ.

އަދި އެ މައްސަލައިގައި ފަހުން ހައްޔަރުކުރި ކުރީގެ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް، އަލީ ރަޝީދުގެ ފިރިހެން ދަރިފުޅުގެ ބަންދަށް މިހާރު 10 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައިގައި ޝާމިލުވާ މީހުން ދިޔަ ކާރު ރަޖިސްޓްރީކޮށްފައި އޮތީ ވެސް އަލީ ރަޝީދުގެ ނަމުގަ އެވެ. އެ ހާދިސާގައި އަނިޔާވި ފުލުސް މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން