ގދ. ފިޔޯރީ. (ފޮޓޯ: ފިޔޯރީ ކައުންސިލް، ފޭސްބުކް)
ގދ. ފިޔޯރީ. (ފޮޓޯ: ފިޔޯރީ ކައުންސިލް، ފޭސްބުކް)
ފިޔޯރީން ގެއްލިގެން ހޯދި ކުއްޖާ ގެދޫކޮށް ދިޔައީ އާއިލާދެކެ ރުޅި އައިސްގެން ކަން އެނގިއްޖެ އެވެ.

ފިޔޯރީ ކައުންސިލް މެމްބަރު މުހައްމަދު ޝަހުމަތު "ރަސް"އަށް ވިދާޅުވީ ގެއްލިގެން ހޯދި އަށް އަހަރުގެ ކުއްޖާ ރުޅި އައިސްގެން އުޅުނީ "ނުކިޔަވަންޏާ ޕާކަށް ނުގެންދާނަމޭ" އާއިލާއިން ބުނުމުން ކަމަށް އެނގިފައިވާ ކަމަށެވެ.

ޝަހުމަތު ވިދާޅުވީ އެ ކުއްޖާއަކީ އާންމުކޮށް ޕާކަށް ގޮސް އުޅޭ ކުއްޖެއް ކަމަށެވެ. އަދި ޕާކަށް ނުގެންދާނަމޭ ބުނުމުން ކުއްޖާ ގެ ދޫކޮށް ރުޅި ހަދައި ދިޔައީ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަވީރު ގެއްލިގެން ރިޕޯޓް ކުރި ކުއްޖާ ފެނުނީ ރޭ 12 ޖަހަން އުޅެނިކޮށް ރަށުގެ ފަޅުގެއެއްގެ ތެރޭގައި އޮއްވަ އެވެ. އޭރު ކުއްޖާ އޮތީ ހޭނެތި ވަރު ދެރަވެފަ އެވެ.

ޝަހުމަތު ވިދާޅުވީ އެ ކުއްޖާއަށް އާއިލާއިން ރަނގަޅަށް ކާންދީ ހަދާ ކަމަށާއި ނަމަވެސް އެ ކުއްޖާއަކީ ކެއުމާ ދުރު ކުއްޖެއް ކަމަށެވެ.

އެ ކުއްޖާގެ ސިއްހީ މައްސަލަތަކެއް ހުރިތޯ ބަލަން މިހާރު ވަނީ ގދ. ތިނަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ނަމަވެސް ކުއްޖާ ހޭނެތެން ދިމާވި ސަބަބެއް ނޭނގެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން