މަސްވެރިންގެ ހައްގު ހޯދައި ދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފިއެވެ.

އައްޑޫ ސިޓީގެ މަސްވެރިން އަންނަނީ ބުރާސްފަތި ދުވަހުން ފެށިގެން އައްޑޫ ފިޝަރީޒް ކޮންޕްލެކްސް ސަރަހައްދުގައި މުޒާހަރާ ކުރަމުންނެވެ. މަސްވެރިން މުޒާހަރާ ކުރަނީ ކިރުވާ މަހަށް ފައިސާ ނުލިބިގެންނެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މައުރޫފް ޒާކިރު ވިދާޅުވީ މި މައްސަލަތައް ހައްލުނުވެ ދިގުލައިގެން ދިއުމަކީ ސަރުކާރު ހިންގުމުގައި ނުވަތަ ވުޒާރާ ހިންގުމުގައި އެކަމާ ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންގެ ނާގާބިލުކަން ކަމަށެވެ. އަދި ރައްޔިތުން އާދޭސް ކުރަމުންދާއިރު އެކަމަށް ވަޒީރު އިޖާބަ ނުދޭކަން މައުރޫފް ފާހަގަ ކުރެއްވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ އައްޑޫ މަސްވެރިން ހުއްޓާ ނުލައި މުޒާހަރާ ކުރަމުންދާއިރު، ސަރުކާރުން އެކަށީގެންވާ ހައްލެއް ހޯދައި ނުދިނުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލާގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ.

އައްޑޫ ސިޓީ މަސްވެރިން ކުރަމުންދާ މުޒާހަރާ ފެށުމުގެ ކުރިންވެސް އަދި މިހާރުވެސް ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުން އަޑުއަހަމުން ކަމަށް މަސްވެރިކަމާއިބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގައި މިފްކޯ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލުވެސް ހިއްސާ ކުރަމުންދާ ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން