ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށާއި، ކުރީން ވެސް ލަފާކުރި ގޮތަށް ބިން ހިއްކުމުގެ މަސައްކަތް ޑިސެންބަރު މަހަށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ، ކޮންގްރެސް ޕާޓީގެ "ޕީއެންސީ ހައުސް" ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ މަަހު އަލުން ފެށޭނެ ކަމަށެވެ. އަދި ސަރުކާރުން އަަމާޒު ހިފާފައިވާ ގޮތަށް 1100 ހެކްޓަރުގެ ބިން ހިއްކާ ކުރިއަށް އޮތް ޑިސެންބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރިއަަށް މިގެންދަނީ ވަރަށް ބާރު ސްޕީޑެއްގައި. އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި، މިހާރު މަޑުޖެހިފައި އޮތް ރަސްމާލެ ހިއްކުމުގެ މަސައްކަތް މިއަންނަ މަހުގެ ތެރޭގައި އަމަލީ ގޮތުން އަނެއްކާ ރީސްޓާޓްވެ އަލުން ފެށޭނެ، ފެށި މިއަހަރުގެ ޑިސެންބަރު މަސް ނިމެންވާއިރަށް އަޅުގަނޑުމެންގެ އަމާޒަކީ ހަމަ ފުރަތަމަ ޕްލޭން ކުރިގޮތަށް 1100 ހެކްޓަރުގެ ބިން ހިއްކާ ނިންމުން، އިރާދަކުރެއްވިއްޔާ އެކަން ހާސިލްކުރާނަން." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ މިއަހަރުވެސް ހިއްކަމުންދާ ހުޅުމާލެ 3 ވަނަ ފިޔަވައްސާއި ގުޅީފަޅާއި ގިރާވަރުފަޅާއި މި ސަރަަހައްދުގެ ހިއްކަން ޖެހޭ ހުރިހާ ސަަރަހައްދެއް ހިއްކުމާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު ބިނާކުރުމަށް ވެވަޑައިގަތް ވައުުދުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެކަންކަން ކުރިއަށްގެންދަވަނީ އިގްތިސާދީ އެެޖެންޑާގެ ދަށުން ކަމަށެވެ. ރައީސް މިރޭ ވެސް ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުު ނިމޭއިރު ހުރިހާ އެންމެންނަށްް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން