މިދިޔަ 7 މަސްތެރޭގައި ލޯނާއި އެކި ފަރާތްތަކަށް 13 ބިލިއަން ރުފިޔާ ދައްކައި ނިންމައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އާ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފައިސާ ޗާޕްކުރުން ހުއްޓާލައި ދަައުލަތަށް އާމްދަނީން ލިބުނު ފައިސާއިން މިދިޔަ 7 މަސްތެރޭގައި އެކި ފަރާތްތަކަށް 13 ބިލިއަން ރުފިޔާ ދައްކައި ނިންމައިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އިގުތިސާދީ ގޮތުން އެންމެ މުހިންމު އެއް ވައުދަކީ ފައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ބޮޑެތި އިންޓްރެސްޓް ރޭޓުތަކުގައި އެއްވެސް ލޯނެއް ނުނަގައި 4 ބިލިއަން ރުފިޔާ ކުންފުނިތަކަށް ދައްކައި ނިންމާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އެކިއެކި އެސްއޯއީތަކަށް މީގެއިތުރަށް 7 ބިލިއަން ރުފިޔާ ދައްކާފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ވޭތުވެދިޔަ މުއްދަތުގައި ޖުމްލަ 13 ބިލިއަން ރުފިޔާ ދައްކައި ޚަލާސްކޮށްފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ފައިސާ ޗާޕުނުކޮށް އާމްދަނީގެގޮތުގައި ލިބުނު ފައިސާއިން ތަރައްގީގެ މަސައްކަތްތަކާއި އަދިވެސް މުހިންމު ކަންތައްތައް ސަރުކާރުން ކުރަމުންދާކަމަށެވެެ. އަދި ބޭރުގެލޯނުއް ޑީފޯލްޓް ނުވެ ބަރާބަރަށް ލޯނަށް ފައިސާ ދައްކަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މަސައްކަތް ފެށުނީ އަދި ކިރިޔާ ކަމަށާއި ދެން އޮތީ ސަރުކާރުގެ ތަރައްގީގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ވެރިކަން ފެށުނު ފަހުން މި އަދަށް ހަތް މަހާއި ފަސް ދުވަސްވީއިރު، މި ހަތް މަހާއި ފަސް ދުވަސްތެރޭގައި ކަންކަން ކުރިއަށްދިޔައީ އިގުތިސާދީ އެޖެންޑާގައި އޮތް ގޮތަށް ކަމަށާއި ފެށި މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ރަައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން