އަންނަ އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓްގެ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް ނުވަތަ ޕީއެސްއައިޕީ މަޝްރޫއުތަކަށް ހާއްސަ ކުރާ ފައިސާގެ ތެރެއިން 50 އިންސައްތަ ހާއްސަކުރައްވާނީ ގެދޮރު ބިނާ ކުރެއްވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މައި ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަންނަ އަހަރަށް މި ސަރުކާރުން ފާސްކުރާ ބަޖެޓުގައި އެންމެ އިސްކަމެއް ދޭނީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގެވުމަށް ކަމަށެވެ. އެގޮތުން ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި މަދުވެގެން 50 އިންސައްތަ ކަނޑައަޅާނީ ކޮންމެ އަހަރަކު ގެދޮރު ބިނާކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ފަސް އަހަރުގެ ތެރޭގައި ގެދޮރުވެރިކަމުގެ މައްސަލަ އެއްކޮށް ހައްލުވެގެންދާނެ ކަމަށެވެ.

"ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި މަދުވެގެން 50 އިންސައްތަ ކަނޑައަޅާނީ ކޮންމެ އަހަރަކު ގެދޮރު ބިނާކުރުމަށް. މިއީ ދުވަހަކު ވެސް ރާއްޖޭގައި ކުރިކަމެއް ނޫން. މިސާލަކަށް 9 ބިލިއަން އަކީ ޕީއެސްއައިފީ ކަމަށްވަންޏާ އޭގެ 5 ބިލިއަން ރުފިޔާ ޚަރަދުކުރާނީ ގެދޮރު ބިނާކުރުމަށް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މިރޭ ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ވައުދުތަށް "އަކުރުން އަކުރަށް، ރަނުން ރަނަށް" ފުއްދަވާނެ ކަމުގެ ޔަގީން ކަން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން