އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް އާ ޓާމިނަލާއި ގުޅިފައިވާ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލާނެ ކަަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.

ޕީއެންސީގެ ޖަގަހަ ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެޑައިގެންނެވިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދިޔައީ "ފިނިހަކަ" ދުވެލީގައި ކަމަށެވެ. އެހެން ނަމަވެސް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ފެށިގެން ކުރިއަށްދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެެވެ.

ރައީސް ވިދާޅުވީ މިއަހަރު ނިމެންވާއިރަށް އެއާޕޯޓްގެ އެއްބައި ނިންމައި ހުޅުވައި އޮޕަރޭޝަނަށް ގެންނަން ނިންމާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އަންނަ ޖުލަައި މަހުގެ ނިޔަލަށް އާ ޓާމިނަލްގެ މަސައްކަތާއި އެއާ ގުޅިފައި ހުރި އެހެން މަސައްކަތްތައް އެއްކޮށް ނިންމާނެ ކަމަށާއި އޭރުން އެ ހުޅުވިގެންދަނީ އިގްތިސާދީ ވަރަށް ބޮޑު ދޮރާއްޓެއް ކަމަށެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ހަލުއިކޮށް، މި އަހަރު ނިމޭއިރު މަދުވެގެން ތިން އެއިރޯ ބްރިޖް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އަޅުގަނޑަށް އެމްއޭސީއެލްގެ ފަރާތުން ވިދާޅުވެ ދެއްވާފައި އެބައޮތް، އަދި މިއަންނަ އަހަރު މެދަކާއި ހަމަޔަށް ދާއިރު އަޅުގަނޑުމެން ކުރިން ޓާގެޓް ކުރީ މިއަހަރު ނިމެންވާއިރަށް ވެސް ނިންމޭތޯ، މިއަންނަ މަހުގެ މެދަކަށް، ޖުލަައި މަހަށް ދާންވާއިރަށް އެ ޓާމިނަލްގެ މަސައްކަތާއި އެއާ ގުޅިފައި ހުރި އެހެން މަސައްކަތްތައް އެއްކޮށް ނިންމާނަން އިރާދަކުރެއްވިއްޔާ." ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ދެވަނަ ފޭސްގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ހަމައެކަނި ޓޫރިޒަމް ފުޅާކުރަން ނޫން ކަމަށެވެ. އަދި އިގްތިސާދު ފުޅާކޮށް ޑައިވިސިފިކޭޝަން ކުރަން ވައުދުވެފައިވާނެ ކަމަށާއި ވައުދުވި ގޮތަށް އެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން