އިދިކޮޅު ފަރާތްތަކުން ކުރާހާ ކަމަކީ ސަރުކާރާއި ގުޅޭގޮތުން ދޮގު ހެދުމާއި ދޮގު ވާހަކަތައް އުފެއްދުން ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީގެ ޖަހަގަ، "ޕީއެންސީ ހައުސް" ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ކުރާ ހަމައެކަނި ކަމަކީ އެމަނިކުފާނާއި ސަރުކާރާއި ބެހޭ ގޮތުން ބުހުތާނު ދޮގު ހެދުން ކަމަށެވެ. އަދި އެ ނޫން އެއްވެސް ކަމެއް ކުރައްްވާތަން ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ވާހަކަ ދައްކަނީ ތެދުބަހުން ކަމަށެވެ. އަދި ސިޔާސީ ގޮތުން އެމަނިކުފާނާއި ގުޅުވައި ދޮގު ވާހަކަތަކެއް ދެއްކި ނަމަވެސް އެއްވެސް މީހަކާއި މެދު ސިޔާސީ ގޮތުން ފިޔަވަޅެއް ނާޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ތެދުބަހުން ވާހަކަ ދެއްކުމުގެ ހިތްވަރު ނެތް ނަމަ އެބަޔަކަށް ދެން ދެއްކޭނީ މުޅީން ވެސް ދޮގު ވާހަކަތައް ކަމަށެވެ. އެެހެން ކަމުން ރޭ ހުޅުވި ޕީއެންސީ ހައުސް ގައި ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދީ ތެދު މައުލޫމާތު ފެތުރުމަށް މަސައްކަތް ކުރުމަށް ޕީޕީއެމާއި ޕީއެންސީގެ މެންބަރުންގެ އަރިހުން ރައީސް ވަނީ އެދިވަޑަައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ސަންބޯ

25-Jun-2024

ސަރުކާރުން ކުުރާކަމަކީ ކެނޑިނޭޅި ތެދުހެދުން.



ޓްރެންޑިން