ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާއަށް ފުރާވަޑައިގެންފި އެވެ.

މި މަހުގެ 24އިން ފެށިގެން 27ގެ ނިޔަލަށް މިނިސްޓަރު ކުރައްވާ މި ދަތުރުފުޅުގައި އެމެރިކާ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން އދ. ގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރުގެ ރަސްމީ ދަތުރުފުޅުގެ ބައްދަލުވުންތައް އެންމެ ފުރަތަމަ ފަށާނީ އެމެރިކާގެ ވެރިރަށް ވޮޝިންގްޓަނުންނެވެ. އެގޮތުން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކަން އާއި ޔޫއެސްއޭޖެންސީ ފޯ ޑިވޮލޮޕްމަންޓްގެ އެޑްމިނިސްޓްރޭޓާ ސަމަންތާ ޕަވާއާ ވެސް ބައްދަލު ކުރައްވާނެ އެވެ.

އެއަށް ފަހު ދެން މިނިސްޓަރު ވަޑައިގަންނަވާނީ އެމެރިކާގެ ނިއުޔޯކަށެވެ. އެތަނުގައި އދ.ގެ ސެކެޓްރީ ޖެނެރަލް އެންތޯނިއާ ގުތަރޭސްއާ ބައްދަލުކުރައްވާނެ އެވެ.

މިނިސްޓަރުގެ ދަތުރުފުޅުގައި އެމެރިކާގެ ނިއުޔޯކް އަދި ނިއު ޖާޒީގައި ދިރިއުޅޭ ދިވެހީންނާ ވެސް ބައްދަލުކުރައްވާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން