ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީން މިއަދު ކުއްލި މައްސަލައެއް ހުށަހެޅި ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް އަބްދުއް ރަހީމް ވިދާޅުވީ މަޖިލީހަށް މިއަދު އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ މައްސަލައެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދެއްވި އެވެ.

ނަމަވެސް އޭނާ މަޖިލީހުގައި މިއަދު ހާޒިރުވެ ނެތުމުން އެ މައްސަަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ވިދާޅުވެ އެޖެންޑާގައި ދެން ހުރި ކަންކަމަށް ރައީސް އަބްދުއްރަހީމް ފުރުސަތު ދެއްވި އެވެ.

އެމްޑީޕީން ހުށަހަޅަން އުޅުނީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެއެވެ. މަޖިލީހުގެ ވެބްސައިޓުގައި ވެސް އެއާ ގުޅޭ މައުލޫމާތެއް ހިމަނާފައެއް ނުވެއެވެ.

ނަމަވެސް ބެލެވޭ ގޮތުގައި އެ ކުއްލި މައްސަލައަކީ މަސްވެރިންނަށް ފައިސާ ނުދީގެން މިހާރު ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން