އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާވަޑައިގެންފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިނިސްޓަރު ޗައިނާއަށް ފުރާވަޑައިގެންނެވީ ޗައިނާގެ ދާލިއާންގައި އޮންނަ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

އެ ދަތުރުފުޅުގައި ޗައިނާގެ ކޮމާސް މިނިސްޓަރާއި އެހެނިހެން ސީނުއާ އޮފިޝަލުންނާއި ބައްދަލުކުރައްވާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ވިޔަފާރިއާއި ފައިނޭންޝިއަލް ސެކްޓާއާއާ ގުޅޭ ކަންކަމުގައި މަޝްވަރާތައް ކުރާނެ ކަމަށް ބުނެފައި ވެއެވެ.

ޗައިނާއަށް މިނިސްޓަރު ފުރާވަޑައިގެންނެވި އިރު ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވަނީ އެމެރިކާއަށް ފުރާވަޑައިގެންފަ އެވެ.

އެ ދަތުރުފުޅުގައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އަދި އދ. ގެ ސެކެޓްރީ ޖެނެރަލް އެންތަނީ ގުތަރޭސްއާ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން