މި އަހަރުވެސް ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި 2 ގައުމަކީ ޗައިނާއާއި ރަޝިޔާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން އިއްޔެ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކީ ޗައިނާ އެވެ. އެގޮތުން އެ ގައުމުން ރާއްޖެއަށް 113،702 ފަތުރުވެރިން އައިސްފައި ވެއެވެ.

ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާއިންނެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާއިން މިހާތަނަށް 100،677 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިނގިރޭސިިވިލާތުންނެވެ. އެގޮތުން އެ ގައުމުން ރާއްޖެއަށް 91،032 ފަތުރުވެރިން އައިސްފައިވެއެވެ.

ޖޫން މަހުގެ 22 ވަނަ ދުވަހާ ހަމައަށް ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެ ލިސްޓުގެ އެއް ވަނައިގައި އޮތް އިންޑިއާއިން ރާއްޖެއަށް އަައިސްފައި ވަނީ 61،052 ފަތުރުވެރިންނެވެ. އިންޑިއާ މިހާރު އޮތީ އެ ލިސްޓުގެ ހަ ވަނައިގައިކަން ފާހަގަ ކުރެވެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރަޝިޔާއިން ޖޫން 25 އާ ހަމައަށް ރާއްޖެ އައިސްފައި ވަނީ 106،851 ފަތުރުވެރިންނެވެ. އަދި އިނގިރޭސިވިލާތުން ރާއްޖެއަށް 79،021 ފަތުރުވެރިން އައިސްފައި ވާއިރު، އިންޑިއާއިން ރާއްޖެ އައިސްފައި ވަނީ 107،117 ފަތުރުވެރިންނެވެ.

މި އަހަރު މިހާތަަނަށް ދުނިޔޭގެ އެކި ގައުމުތަކުން ރާއްޖެއަށް 981،070 ފަތުރުވެރިން އަައިސްފައި ވެއެވެ. މި މަސް ތެރޭގައި ރާއްޖެއަށް 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އަންދާޒާކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން