ކުރީ ސަރުކާރުން މި ސަރުކާރަށް ވާރުތަކޮށްފައިވާ ދަރަނީގެ ތެރެއިން ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާގެ ދަރަނި ދައްކައިފައިވާކަމަށް ވިދާޅުވެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެެއްކެވި ވާހަކަފުޅުގެ ހިސާބު ދިމާނުވާ ކަމަށް ދޭހަވާ ފަދަ މޭރުމަކުން ކުރީގެ ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަ ދައްކަވައިފިއެވެ.

އަމީރު މިހެން ވިދާޅުވީ އެތެރެއާ ބޭރުގެ ދަރަނިތައް އަދާކުރުމަށް ޖުމްލަ 13 ބިލިޔަން ރުފިޔާ މި 7 މަސްތެރޭގައި ދައްކާފައިވާކަމަށާ، އޭގެ ތެރޭގައި ބޭރުގެ ދަރަނީގެ 2.7 ބިލިޔަން ރުފިޔާ ޑީފޯލްޓް ނުވެ ދައްކާފައިވާ ކަމަށް ރައީސް މުޢިއްޒު ރޭ ވިދާޅުވުމާ ގުޅިގެންނެެވެ. އެކަމާ ގުޅިގެން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ސަރުކާރުގެބަޖެޓުން މިހާތަނަށް ޚަރަދުކޮށްފައިވަނީ 18 ބިލިއަން ރުފިޔާ ކަމަށެވެ. އޭގެތެރެއިން މުސާރައަށް ޚަރަދު ކޮށްފައިވަނީ ފަސް ބިލިއަން ރުފިޔާ ކަމަށާއި ދެން ބާކީ އޮތް 13 ބިިލިއަން ރުފިޔާ އެއީ ހުސް ކުރީ ސަރުކާރުގެ "ދަރަނި" ތޯ އަމީރު ސުވާލު ކުރަށްވާފައި ވެއެެވެ.



އަމީރު ވަނީ މިސަރުކާރުން އިތުރު ޚަރަދެއް ނުކުރޭތޯއާއި ސަރުކާރުން އިތުރު އޮފީސްތައް ނުހުޅުވާތޯއާއި ޑްރޯން ވެސް ނުގަންނަނީތޯ ސުވާލު އުފައްދަވައިފައެވެ. އަމީރު އިތުރަށް ވިދާޅުވީ މި އަހަރުގެ މިހާތަނަށް އިދާރީ އަދި ހިންގުމުގެ ޚަރަދަށް އެކަނި ވެސް 200 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފިކަމަށެވެ. އަދި މުސާރަ އާއި ދަައުލަތުގެ ހިންގުމުގެ ޚަރަދަށް އެކަނި 600 މިލިއަން ރުފިޔާ އިތުރުވެއްޖެކަމަށާއި 700ގައި ހުރި ސިޔާސީ މަގާމްތައް މިހާރު ހުރީ 2000 އަށްވުރެ މަތީގައި ކަމަށް އަމީރު ވިދާޅުވިއެެވެ.

ޕީއެންސީގެ އާ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފައިސާ ޗާޕްކުރުން ހުއްޓާލައި ދަައުލަތަށް އާމްދަނީން ލިބުނު ފައިސާއިން މިދިޔަ 7 މަސްތެރޭގައި އެކި ފަރާތްތަކަށް 13 ބިލިއަން ރުފިޔާ ދައްކައި ނިންމައިފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުން ބޮޑެތި އިންޓްރެސްޓް ރޭޓުތަކުގައި އެއްވެސް ލޯނެއް ނުނަގައި 4 ބިލިއަން ރުފިޔާ ކުންފުނިތަކަށް ދައްކައި ނިންމާފައިވާއިރު ސަރުކާރުގެ އެކިއެކި އެސްއޯއީތަކަށް މީގެއިތުރަށް 7 ބިލިއަން ރުފިޔާ ދައްކާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން