ދިވެހި ހައްޖުވެރިން ރާއްޖެ އައުމަށް އެއާރޕޯޓަށް ދަނީ (ފޮޓޯ: ހައްޖު މިޝަން)
ދިވެހި ހައްޖުވެރިން ރާއްޖެ އައުމަށް އެއާރޕޯޓަށް ދަނީ (ފޮޓޯ: ހައްޖު މިޝަން)
މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އަތުވެއްޖެއެވެ.

ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައީ މިއަދު 13:55 ގައެވެ. މި ގްރޫޕުގައި 296 ހައްޖުވެރިން ހިމެނެއެވެ.

ހައްޖުވެރިންގެ ދެވަނަ ގްރޫޕު ރާއްޖެއައުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. އަދި އަންނަ މަހުގެ 1 ވަނަ ދުވަހާއި 4 ވަނަ ދުވަހު ވެސް ހައްޖުވެރިން މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ.

ހައްޖުވެރިން އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވާން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން އަރިދަފުސް ރޯގާ އަދި ވައިރަލްހުވުމުން ރައްކާތެރިވުމަށް ކިނބިހި އަަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާ ކުރުމާއި، ޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރިގޮތުގައި ނައްތާލުމާއި އަދި ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށް އެޗްޕީއޭގެ އިލްތިމާސްގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން