އަޙްމަދު ޙުމައިދު   24 ޖޫން 2024 - 19:24
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ހުށަހަޅުއްވާފައިވާ "މާލެ ފަހި ޕްރޮގްރާމް" ތަންފީޒުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިއީ ގްރޭޓަރ މާލެ ސަރަހައްދުގައި މަގުމަތީގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ހިންގޭނެ ޕްރޮގްރާމެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

އަދި އިއްޔެގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "މާލެ ފަހި ޕްރޮގްރާމް" އާއި ގުޅޭގޮތުން ކަމާ ބެހޭ އިދާރާތަކުގެ މެދުގައި ޓައިމްލައިންތައް ހިމެނޭގޮތަށް އެކްޝަން ޕްލޭންއެއް އެކުލަވާލައިގެން މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން