ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މިއަދު އަލުން ފަށައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނީ މިއަދު ހަވީރު ފެށި މި މަޝްރޫއުގެ ދަށުން، ތިންވަނަ ފިޔަވަހިން ހިއްކާ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން ބާކީ އޮތް 40 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާނެ ކަމަށެވެ.

އެމަޝްރޫއު ހުއްޓާލީ ގާ ހުދުވަމުން ދާތީ ޖޫން 10، އާއި ހަމައަށް ބިން ހިއްކުމާއި ފަރުތަކަށް ސްޓްރެސް ބޮޑުވާ ފަދަ އެންމެހައި މަސައްކަތްތައް ހުއްޓާލަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެންގުމާއި ގުޅިގެންނެެވެ.

ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވެ ފަރުތަކަށް ނުރައްކާ ބޮޑުވެފައި ވާތީ މިފަދަ މަސައްކަތްތައް ހުއްޓާލަން އީޕީއޭއިން އެންގީ މިދިޔަ މެއި 9، ވަނަ ދުވަހުއެވެ. ނަމަވެސް ހުއްޓާލަން އެންގި މަސައްކަތްތަކުގެ ތެރެއިން ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތަކަށް ހުއްދަ ދޭން ނިންމާފައިވާ ކަމަށް އީޕީއޭއިން ޖޫން 11، ވަނަ ދުވަހު ވަނީ އަންގާފައެވެ.

އެޗްޑީސީން ބުނީ މަޝްރޫއުގެ މަސައްކަތް އަލުން ފެށީ އެޗްޕީއޭގެ ހުއްދައާ އެކު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން