ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ މުހައްމަދު އާރިފް (ބަކާ) ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރުކަންވެސް ކޮށްފައިވާ ބަކާގެ ހާލު ކުއްލިއަކަށް ސީރިއަސްވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު މާލެ އައި ފަހުންނެވެ. ބަކާ ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު މާލެ އައިސްފައި ވަނީ މީގެ ދެ ދުވަހެއް ކުރިންނެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ބަކާ ސައުދީ އަށް ދިޔައީ އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވި ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ކޮންމެ އަހަރަކު ވެސް ސައުދީ އެމްބަސީގެ ފަރާތުން ވަކި އަދަދަކަށް މީހުން ހައްޖަށް ފޮނުވާ އިރު، މިފަހަރު އެމްބަސީން ފޮނުވި މީހުންގެ ތެރޭގައި ބަކާ ވެސް ހިމެނުނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބަކާގެ ހާލު ގޯސްވީ ވަރަށް ބޮޑަށް ހުން އައިސް ވަރުދެރަވެގެންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާންވެސް އުނދަގޫ ވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖޭގެ ފުޓްފޯޅައިގައި ބަކާގެ ރޯލު ރަން އަަކުރުން ލިޔެވިފައިވާއިރު އޭނާ އަކީ ރާއްޖެ އާއި ސްރީލަންކާގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ އަށް ހޯދައި ދިނުމުގައި މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއެއްކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން