އެމަނިކުފާނުގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް ހިންގެވި ސަދަގާތު ފައުންޑޭޝަނުން ދައުލަތުގެ ފައިސާގައި ޖެހިފައިނުވާނެ ކަމަށް ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް، ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމީން ޢަބުދުލްގައްޔޫމް ވިދާޅުވީ، ސަދަގާތު ފައުންޑޭޝަންގެ މަސައްކަތް ހުއްޓާލީ އެމަނިކުފާނުގެ އެންގެވުމަށް ކަމަށެވެ. ޔާމިން ވިދާޅުވީ ސަދަގާތު ފައުންޑޭޝަނުން އެކި ހަރަކާތްތައް ހިންގީ ވިޔަފާރިވެރިންނާއި ބޭރުގެ ވިޔަފާރިވެރިން އެ ފައުންޑޭޝަނަށް ފޯރުކޮށްދިން އެހީގެ ފައިސާ އިން ކަމަށެވެ.

އަދި ސަދަގާތު ފައުންޑޭޝަނުން ދައުލަތުގެ ފައިސާއެއްގައި ޖެހިފައިނުވާނެ ކަމަށް ޔާމިން ވިދާޅުވިއެވެ. ޔާމިން ވަނީ ރައްޔިތުންގެ ފައިސާ އިން ސަދަގާތު ފައުންޑޭޝަން ހިންގި ކަމަށް ތުހުމަތުކުރާއިރު އެމަނިކުފާނުގެ ވެރިކަމުގައި އޮޑިޓަރ ޖެނެރަލް އެއް ހުރި ކަމަށާއި އޭރުވެސް އޭގެފަހުން ފަސްއަހަރު ވެގެންދިޔައިރު އެމައްސަލަ ނުބެލީ ކީއްވެތޯ ސުވާލުކުރައްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން